ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އާންމުންގެ މެދުގައި މިވަގުތު އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ އެންމެ ފަހުގެ އޮޕީނިއަން ޕޯލްގެ ނަތީޖާއިން ދައްކައިފި އެވެ.
ބާނީން ހެދި ދިރާސާގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނުވަތަ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނެ ކަމަށް ބެލެވޭ ހަ ސިޔާސީ ލީޑަރުންގެ ސްކޯއެއް ދިނުމަށް އާންމުންގެ ގާތުގައި އަހައިގެން 10 ޕޮއިންޓްގެ ތެރެއިން ޔާމީނަށް 5.6 ޕޮއިންޓް ލިބުނެވެ.
ޔާމީންގެ އިތުރުން ދިރާސާގައި ދެން ހިމެނޭ ސިޔާސީ ލީޑަރުންނަކީ މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.
ބާނީގެ ދިރާސާ ދައްކާގޮތުން އިދިކޮޅު އެމްޑީޕީއާ ގުޅުންހުރި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ނަޝީދެވެ. ދެވަނައަށް އެންމެ މަގުބޫލު ލީޑަރަކީ ސޯލިހެވެ.
ނަމަވެސް ދިރާސާއިން ދައްކާގޮތުގައި އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލީ ހަ ޕޮއިންޓާއެކު ޔާމީން އެވެ. އެ އުމުރުފުރާގެ ޒުވާނުންގެ މެދުގައި 5.9 ޕޮއިންޓާއެކު ދެވަނައަށް އެންމެ މަގުބޫލީ ސޯލިހެވެ. އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި މަގުބޫލު ނޫން ލީޑަރަކީ މުއިއްޒު އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 23، އިން ޑިސެމްބަރު 1، އާ ދެމެދު ބާނީން މި ސާވޭ ކުރިއަށްގެންދިޔައީ ފޯނު މެދުވެރިކޮށް ރެންޑަމްކޮށް މީހުންނަށް ގުޅައި އިންޓަވިއުކޮށްގެންނެވެ.
އެ ސާވޭގައި 391 މީހުން ބައިވެރިވެފައިވާއިރު، އެ އަދަދަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރު 95 ޕަސަންޓް ކޮންފިޑެންސް ލެވެލްގައި އަދި ފަސް ޕަސަންޓް މާޖިން އޮފް އެރާއަކާއެކު، ސްޓެޓިސްޓިކަލީ ސިގްނިފިކަންޓް ސާވޭއެއް ހަދަން ބޭނުންވާ އަދަދަށްވުރެ އިތުރު މިންވަރެއް ކަމަށް ބާނީން ބުންޏެވެ.
މުއިއްޒުގެ ސަރުކާރަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ މީހުންގެ މެދުގައި ދިރާސާކޮށް ބާނީން ކުރި ސާވޭއެއް މިދިޔަ މަހު 18، ގައި އާންމުކުރި އެވެ.
ނޮވެމްބަރު 23، އިން ޑިސެމްބަރު 1، ގެ ނިޔަލަށް ކުރިއަށްގެންދިޔަ ސާވޭގައި 62 ޕަސަންޓު މީހުން މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކަމަށް ވަނީ ދައްކާފަ އެވެ. އޭގެތެރެއިން މުއިއްޒުގެ ސިޔާސަތުތަކަށް 21 ޕަސަންޓު މީހުން ވަރަށް ބޮޑަށް ތާއީދުކުރެ އެވެ.
މިވަގުތު އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ޔާމީން ކަމަށް ޕޯލްއަކުން ދައްކައިިފި މިވަގުތު އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ޔާމީން ކަމަށް ޕޯލްއަކުން ދައްކައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ