2018 ވަނަ އަހަރު އޭ 380 ގެ މަތިންދުއްވާ ބޯޓު ޖައްސަން އުޅުމުން ސީޕްލޭން ޓާމިނަލުން ޓިނުވެއްޓޭނެކަމަށްބުނި- އެޓާމިނަލް ކާމިޔާބުކަމާއެކު އެދަނީ ބޭނުންކުރަމުން!: ވަޒީރު ސަޢީދު

2018 ވަނަ އަހަރު ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޭ 380 ގެ މަތިންދުއްވާ ބޯޓު ވެލާނާ އިންތަރނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުން ސީޕްލޭން ޓާމިނަލުން ޓިނުވެއްޓޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނިކަމަށާއި އެހެން ބުނި ނަމަވެސް އެޓާމިނަލް ކާމިޔާބުކަމާއެކު އެދަނީ ބޭނުންކުރަމުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދެވޭނީ ފަށައިގަތުމުން ކަމަށާއި ވެރިކަމުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ބަންކަރިންގގެ ޚިދުމަތް ފަށައިގަތުމަކީ ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. 
"ބަންކަރިންގގެ ޚިދުމަތް ފަށައިގަނެވެނީ އެކަމަށް ޚާއްޞަ ބިމެއްވެސް އަދި ނެތި. ނަމަވެސް ހުރިހާ ކަންކަން ފުރިހަމަކޮށްގެން ފަށާނަމަ ދިގު މުއްދަތެއް ނަގާނެ. މުހިންމީ ކޮންމެ ކަމެއްވެސް ފަށައިގަނެގެން ކުރިއަށްދާން މަސައްކަތްކުރުން." 
ވަޒީރު ވިދާޅުވީ ފަށައިގަނެވޭއިރު ޚިދުމަތް ހޯދަން ބޯޓުފަހަރު ކިޔޫގައި ތިބޭ ހިސާބަށް ކަންކަން ކުރިއަށް ނުދާނެ ކަމަށާއި ނަމަވެސް ނަމަވެސް ބަންކަރިންގެ ޚިދުމަތަކީ އެތައް ސަތޭކަ ޑޮލަރެއް ކޮންމެ އަހަރަކު ރާއްޖެއަށް ހޯދެން އޮތް ވަރަށް ފައިދާހުރި މަޝްރޫޢެއް ކަމަށެވެ. އަދި ޚިދުމަތް ފަށައިގަންނަނީ އެކަމަށް ވަރަށް ކުޑަކުޑަ މިންވަރެއް އިންވެސްޓްކޮށްގެންކަމަށާއި ޚިދުމަތް ފުޅައުކޮށް މަންފާ ހޯދޭނެކަމުގެ އުންމީދު ބޮޑުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ