ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ

މާލޭގައި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ކުރި ޓުވީޓެއްގައިވާ ގޮތުން އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް މާދަމާ ކުރިއަށްގެންދާނެއެވެ. އެ މަސައްކަތުގެ ސަބަބުން ހެނދުނު 8:00އާއި 12:00އާ ދޭތެރޭ ކަރަންޓު ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި ގަލޮޅުގެ ބަނަފްސާމަގު، ސަހަރާމަގު، ނިޔަނދުރު ގޯޅި، ބޮޑުރަސްގެފާނު މަގު، ރާދަފަތި ހިނގުން، ރުއްކެނޑިޔާ ހިނގުން، ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ދޮނަދަރާދަ ހިނގުން، ދޫހިމެރިމަގުގެ އިތުރުން ލޮނުޒިޔާރަތް މަގު ހިމެނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ. https://twitter.com/STELCOMALDIVES/status/1583468277023461376 ސްޓެލްކޯއިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ ނަމަ، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ޚިދުމަތް ދޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ