ނޮވެމްބަރު 3 ފާހަގަކުރަން އުމަރު ނަސީރު ޖަލްސާއެއް ބާއްވަނީ

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސިރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރު 3 ވާ ބްރާސްފަތި ދުވަހުގެ ރޭގަނޑު 21:00 ގައެވެ.
"ކުރި ޖިހާދު – ކުރަން އޮތް ޖިހާދު" މިނަމުގައި ބާއްވާ މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ސަލްޓަން ޕާކު ދެކުނު ސްޓޭޖްގައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ، ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް 1988 ނޮވެންބަރު ތިންވަނަ ދުވަހު ހަމަލާދިނުމުން، އެމީހުންނަށް ރައްދު ހަމަލާދީ ދިވެހި ސިފައިން އެމީހުންގެ މައްޗަށް ހޯދި ނަސްރާއި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ