ދާދިފަހުން، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ބޯޑް މެންބަރު ކަމުން ވަކިކުރި، ހއ. ފިއްލަދޫ، މަބުސްތާނުގެ މުޙައްމަދު ވަޙީދު، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، އައްޔަނުކޮށްފިއެވެ.
ޕީސީބީން ބުނެފައުވާ ގޮތުގައި ވަޙީދު އެ މަގާމަށް އައްޔަނުކުރެވުނީ މިއަދުގެ ވަގުތެއްގައެވެ.
ވަޙީދު އެޗްޑީސީގެ ބޯޑު މެންބަރު ކަމުން ވަކި ކުރީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ އެޗްޑީސީގެ ބޯޑަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ވަޙީދަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްޑީސީގެ ބޯޑު މެމްބަރު ކަމުން ވަކިކުރި ވަޙީދު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ