އަންހެނުން ކަންފަތާ ނޭފަތް ތޮރުފުން ހުއްދަ! އެކަމަކު މުދިލައްވައި ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ދެއްކުމެއް ނެތް!

އަންހެނުން ކަންފަޓާއި ނޭފަތް ތޮރުފުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 
الحمد لله والصلاة والسلام على رسوله ، أما بعد :
އަންހެނުން ނޭފަތް ތޮރުފުމުގެ މައްސަލާގައި الشيخ محمد الصالح العشيمين رحمه الله ވިދާޅުވެފައިވެއެވެ. ”…. އެއަންހެނަކު އުޅޭ ޤައުމެއްގެ މީހުންގެ އާދަކާދާގައި ނޭފަތް ތޮރުފާ އެތަނުގައި މުދިލެއްވުމަކީ އެއީ ޒީނަތްތެރިވުމުގެ ގޮތުން ކުރާކަމެއް ކަމުގައިވާނަމަ ނޭފަތުގައި މުދިލެއްވުމަށް ތޮރުފުމަކުން މައްސަލައެއްނެތެވެ.“ 
ބައްލަވާ: ”مجموع فتاوى ابن عثيمين“ (11/ السؤال رقم 69)
ނަމަވެސް އަންހެނާގެ މިފަދަ ޒީނަތްތެރިކަން ހިލޭފިރިހެނުންނަށް ދައްކައިގެން ނުވާނެއެވެ. والله أعلم 
لحمد لله والصلاة والسلام على رسوله ، أما بعد :
މިމައްސަލާގައި الشيخ محمد الصالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”(އަންހެނުން) ކަންފަތް ތޮރުފުމަކީ މައްސަލައެއް ނޫނެވެ. ޞަޙާބީންގެ އަންހެންކަނބަލުންގެ ކިބައިން އެބޭކަނލުން ކަންފަތުގައި ލެއްވުމަށް ކަންފަތު މުދި ގެންގުޅުއްވިކަން ޘާބިތުވެގެންވެއެވެ.“ 
ބައްލަވާ: مجموع فتاوى ابن عثيمين (11/ السؤال رقم 69)
ކަންފަތް ތޮރުފައި މުދިލެއްވުމުން ހުއްދަވީނަމަވެސް އެ ޒީނަތްތެރިކަން ހިލޭފިރިހެނުންނަށް ދައްކައިގެންނުވާނެއެވެ. އެއީ ހުއްދަކަމެއްނޫނެވެ. والله أعلم 
 -ޝައިޚް މުޖުތަބާ ޙަމީދު  
محمد الصالح العشيمين رحمه الله ދެއްވާފައިވާ މި ދެ ޖަވާބުން ވެސް އެނގެނީ އަންހެނުންގެ ކަންފަތާއި ނޭފަތްވެސް ތޮރުފޭނެ ކަމެވެ. ވީމާ ތޮރުފުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލަ އުފެދެނީ ތޮރުފުމަށްފަހު ޢަމަލުކުރަންޖެހޭ ޙުކުމަށް ޢަމަލުކުރުމުގައެވެ. 
"ނޭފަތާ ކަންފަތް ތޮރުފައި މުދިލެއްވުމުން ހުއްދަވީނަމަވެސް އެ ޒީނަތްތެރިކަން ހިލޭފިރިހެނުންނަށް ދައްކައިގެންނުވާނެއެވެ. އެއީ ހުއަދަކަމެއްނޫނެވެ. " ލޮބުވެތިކަނބަލުންނޭވެ! ހަމައެކަނި ހުއްދަ ލިބޭ ބަސްފުޅަށް ނުވިސްނާށެވެ!ހުއްދަ ލިބެނީ ޝަރުޠަކާއިއެކުގައެވެ. އެއީ ޒީނަތްތެރިކަން ހިލާށ ފިރިހެނަކަށް ނުދެއްކުމެވެ. އެ ޝަރުޠު ފުރިހަމަކުރާށެވެ! ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ ބައަކީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވީ އަޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ