ސާނޭ އަށް އާސެނަލުން ފާރަލަނީ ސާނޭ އަށް އާސެނަލުން ފާރަލަނީ

މިއުނިކް (މެއި 31) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ވިންގް، ލެރޯއި ސާނޭ އަށް ބިޑް ކުރުމާ މެދު ގޮތެއް ނިންމުމަށް އާސެނަލުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓާ ސިޓީ ދޫކޮށް 2020 ވަނަ އަހަރު، ބަޔާނަށް ބަދަލުވި ސާނޭ، 29، އެ ޓީމާ އެކު ހަދާފައި އޮތް އެއްބަސްވުން އަންނަ މަހުގެ 30 ގެ ނިޔަލަށް ހަމަވާނެ އެވެ.
ދާދި ފަހުން ބަޔާނުން، އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދަން ސާނޭއާ އެކު، އަނގަބަހުން އެއްބަސްވުމަކަށް އަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓްގައި ސޮއިނުކުރެވެނީސް، ސާނޭ ވަނީ، ވިން11 ދޫކޮށްލައި، އޭނާގެ އޭޖެންޓަކަށް ޕިނީ ޒަހާވީ ހަމަޖައްސައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޒަހާވީއާ އެކު، ސާނޭގެ މުސްތަގުބަލާ ގުޅޭގޮތުން، ބަޔާނުން މަޝްވަރާ ކުރަމުން އަންނައިރު، އެއްބަސްވުމުގައި ސޮއިކުރާއިރު، މުސާރަ ބޮޑުކުރުމާއި ބޯނަހެއް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ. ޒަހާވީގެ އޭޖެންޓް ކަމުގައި ތިބި، ޑޭވިޑް އަލަބާ އާއި ރޮބަޓް ލެވަންޑޯސްކީ ބަޔާނަށް ކުޅެމުންދިޔައިރު، އެ ކުޅުންތެރިންގެ ކޮންޓްރެކްޓް ކަންކަން ވެސް ޒަހާވީއާ އެކު މަޝްވަރާކޮށް ހައްލެއް ހޯދަން ބަޔާނަށް އުނދަގޫވި އެވެ.
ދާދި ފަހުން ޒަހާވީ އާއި ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އެބާލް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު، މީޑިއާ އިން ކުރިި ސުވާލަކަށް ޒަހާވީ ބުނީ، ސާނޭގެ ޑީލާ ގުޅޭގޮތުން ކުރިއެރުމެއް ނެތް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ސާނޭ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުންތައް ލިބެމުން އަންނައިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އޭނާ އަށް ޕްރޮޕޯސަލެއް ހުށަހެޅުމާ ގުޅޭގޮތުން، އާސެނަލުން ގޮތެއް ނިންމާނެ އެވެ.
މި ފަހަރު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން، އަލުން ބަޔާނުން ހޯދިއިރު، 28 މެޗުގައި ކުޅުނު ސާނޭ ވަނީ 11 ގޯލު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ