މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބު ކުރި ތަނުގައި ފަނޑުޔާރު މަހާޒް އަލީ ޒާހިރު ހުންނެވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް މާދަމާ ހާޒިރުވާން ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.
ހަމަ އެ މައްސަލައިގެ ތުހުމަތު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށް ވެސް ކުރެ އެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ ވެސް މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ޖޭއެސްސީއިން ތަހުގީގެއް ހިންގަ އެވެ.
ހަނީފު ދެކޮޅު ހެދީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ ލިޔެކުންތަކެއް ފޯރުކޮށްދިނުމަށެވެ. އޭނާ ސުޕްރީމް ކޯޓަށް ހާޒިރު ކުރީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ހަނީފު ހާޒިރު ކުރީ އޭގެ ކުރިން ވެސް ލިޔެކިޔުން ހިފެހެއްޓި މައްސަލަތަކެއް ފެންމަތިވެފައިވާތީ އެވެ.
ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ އާއި ސުއޫދު ސަސްޕެންޑުކޮށްފަ އެވެ. އެ ބޭފުޅުންގެ ތެރެއިން ސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ބުނެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ ޒިންމާދާރު ކުރުވަން ސުޕްރީމް ކޯޓަށް ހާޒިރު ކުރިއިރު މަހާޒް އެތަނުގައި ހުންނެވި މައްސަލައިގެ ތަހުގީގު ފަށަނީ ހައި ކޯޓުގެ ރަޖިސްޓްރާ ޒިންމާދާރު ކުރުވަން ސުޕްރީމް ކޯޓަށް ހާޒިރު ކުރިއިރު މަހާޒް އެތަނުގައި ހުންނެވި މައްސަލައިގެ ތަހުގީގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ