އެޗްޑީސީގެ އާ ގަވާއިދާއިއެކު އިމާރާތުގެ ކުރެހުންތައް ފާސްކުރުމަށް ގިނަ ލުއިތަކެއް ދެވިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އިމާރާތުގެ ކުރެހުންތައް ފާސްކުރުމުގެ ކަންކަން އަވަސްކޮށް ފަސޭހަ ކުރުމުގެ ގޮތުން އެޗްޑީސީން މިހާރުވަނީ ޑްރޯވިން އެޕްރޫވަލް ގައިޑްލައިނެއް އެކުލަވާލާފައެވެ.
މި ގައިޑްލައިން އެކުލަވާލުމުގެ މަގުސަދަކީ އެޗްޑީސީގެ މެންޑޭޓްގެ ދަށުގައިވާ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ކުރިއަށް ދަނީ އިމާރާަތް ކުރުމުގެ ގާނޫނާ، އެ ގާނޫނުގެ ދަށުން އެކުލަވާލާފައުވާ ގައިޑްލައިނާ އެއްގޮތަށްކަން ކަށަވަރު ކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.
މާލެ ސިޓީއާ ޚިލާފަށް ހުޅުމާލެއާއި ތިލަފުށީގެ ޕްލޭނިން ކޮންޓްރޯލްސް ތަފާތުވާއިރު، ޕްރެކްޓިޝަނާސްއަށް ފަސޭހަކޮށްދިނުމަށް އެޗްޑީސީން ވަނީ ޗެކްލިސްޓެއްވެސް އެކުލަވާލާފައެވެ. އެހެންކަމުން އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެ ޗެކްލިސްޓް ފުރައިގެން ހުށަހެޅުމުން ދެފަރާތަށްވެސް ގިނަ ފަސޭހަތަކެއް ލިބިގެންދެއެވެ.
އެގޮތުން ޗެކްލިސްޓް ފުރިހަމަ ކޮށްފައި ހުށަހެޅުމުން ދެން އިތުރަށް އެޗްޑީސީން ބަލަން ޖެހެނީ، އިމާއި ގުޅުން ހުރި ކަންކަމާއި، ބިލްޑިން ސެޓްބެކް، ބިލްޑިން އެންވެލޮޕް، އިމާރާތުގެ އުސްމިން، އަދި ޕާކިންއާއި ގުޅުންހުރި ކަންކަމެވެ.
އެޗްޑީސީގެ އާ ގަވާއިދާއިއެކު އިމާރާތުގެ ކުރެހުންތައް ފާސްކުރުމަށް ގިނަ ލުއިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ