އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް މަރުތޭލަކުން ހަމަލާދީފި

އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރީގައި މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރި ހިންގި މައްސަލައެއް މިރޭ 08:41 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. މާރާމާރީގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނައަށް ހަމަލާދިނީ މަރުތޭލަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ