ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އުމުރުން 21 އަހަރުގެ ރައުދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 18:20 ގައެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އޭނާ އާއެކު އެގޭތެރޭގައި ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލްގެ ފަސް ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އުމުރުން 21 އަހަރުގެ ރައުދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 18:20 ގައެވެ.
ފުލުހުން މިއަދު ބުނީ، ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ރައުދު އަދި ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، ކަށިވެލިގެއަށް ވަދުމަށްފަހު ރައުދު އަދި ޔުމްނު ދިޔައީ ފެންޓެނޯއީ އަށެވެ. އެއީ އެމީހުންނާ ގުޅުން ހުރި ގެއެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.ޔުމްނުއާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އުޅުނީ ރައުދު އެވެ. އޭނާ ވެއްޓުމަށްފަހު ގާތްގަނޑަކަށް 30 މިނެޓެއް ހާއިރު ޔުމްނު ހޯދަން އުޅުމަށްފަހު ރައުދު ވަނީ އެގެއިން ގޮސްފަ އެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.ފުލުހުން އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު މާންދޫގޭދެކުނު ބައިގައި ހަރަކާތްތެރިވި އަށް ޒުވާނުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރަށް ބޮޑުބޭބެ ކިޔާ ދެ މީހުން ވެސް ހިމެނެ އެވެ.
އެއީ؛
ފުލުހުން އިއްޔެ ހަވީރު ބުނީ ރައުދުގެ އިތުރުން މި އެންމެންގެ ފޯނުތައް ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މާންދޫގޭގެ ދެކުނު ބައިގެ ޓެރަސް އާއި 2 އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭ 3 ވަނަ ފަންގިފިލާ ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.މީގެ ކުރިން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ޕާޓީ ކުރި މިނިސްޓަރު އަމީންގެ ގެ ބަލައިފާސްކުރަން ޖެހޭފަދަ ޒަރޫރަތެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު ރާގު ބަދަލުވެ، މާންދޫގޭ ދެކުނު ބައިގައި ހިނގައި ދިޔަ ކަންކަން ދެނެގަތުމަށް ވަކި ތަހުގީގެއް ހިންގާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި އެވެ. މި މައްސަލައިގައި ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އަދި ނެތް ވަސީލަތެއް ނަމަ ރާއްޖޭން ބޭރަށް ފޮނުވައިގެން ވެސް ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ