ކޮލުވެއްޓި ބަންޑުންޖަހާލި ހާދިސާ: ހާލުދެރަވި ދިވެހި ޒުވާނާ ނިޔާވެއްޖެ

މާލޭގެ އެމްޕީއެލް ބަނދަރާއި ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އިއްޔެ ހިނގި ހިތާމަވެރި ޙާދިސާގައި ހާލުދެރަވި ޒުވާނާ ނިޔާވެއްޖެއެވެ.
އެ ހާދިސާއަށްފަހު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ދިލްބަހާރުގޭ، އުމުރުން 25 އަހަރުގެ އަލީ އަފްލާހް އެވެ. އަފްލާހްގެ މައްޗަށް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަފްލާހަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ.
އިއްޔެ ހިނގާދިޔަ މި ހާދިސާގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މައްސޫދު ހޮސައިން ނަމަކަށް ކިޔާ މީހަކުވެސް ވަނީ ނިޔާވެފައެވެ. އޭނާއަކީ އެމްޕީއެލްގެ މުއައްޒަފެކެވެ.
އެ ޙާދިސާ ހިނގިއިރު މުޅި ޖުމްލަ 14 މީހުން އެ ކޮޅުވެއްޓީގައި ތިބިއިރު، އޭގެ ތެރެއިން ހަ މީހަކަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެގެ 15:44 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ