ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް މުހައްމަދު ޖަމީލް އަހުމަދާއި އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިއްޖެ އެވެ. 
ޕީއެންއެފްގެ ލީޑަޝިޕް އަލުން އެކުލަވާލީ ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގަ އެވެ. އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްއަކަށް މުހައްމަދު މަލީހް ޖަމާލް އަދި ޓްރެޝަރާ އަކަށް ހޮވުނީ އަހުމަދު މުސްތަފާ މުހައްމަދު އެވެ. 
ލީޑަޝިޕްގެ މި މަގާމުތަކަށް އިތުރު މީހަކު ވާދައެއް ނުކުރެ އެވެ.  އެހެންވެ، އޮޓޮމެޓިކުން އެ ބޭފުޅުން މަގާމަށް ހޮވިފައިވާކަން ކޮންގްރެސްގައި އިއުލާނުކުރި އެވެ. 
އާޓިފިޝަލް ބީޗްގައި ބޮޑު ޓެންޓެއް ޖަހައިގެން ބޭއްވި ޕީއެންއެފްގެ ފުރަތަމަ ކޮންގްރެސްގައި ވާދަވެރި ވޯޓެއް ކުރިއަށް ގެންދިޔައީ ރަޖިސްޓްރާގެ މަގާމަށާއި ސެނެޓަށް އިންތިހާބުކުރާ 14 މީހުން ހޮވުމަށެވެ. ޕީއެންއެފްގެ ރަޖިސްޓްރާއަކަށް 219 ވޯޓުން ހޮވުނީ އަލީ ޝިނާން ނާޝީދު އެވެ. އޭނާއަށް ވާދަކުރި ނިހާދު މުހައްމަދު އަލީ  އަށް ލިބުނީ 117 ވޯޓެވެ.
ޕީއެންއެފްގެ އެތެރޭގެ އިންތިހާބަށް ޖުމްލަ 55 މީހުން ވާދަކުރި އެވެ. އެއީ ޕާޓީގެ ރައީސާއި ޕާޓީގެ ނައިބުރައީސުންގެ މަގާމާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އާއި ޕާޓީ ޓްރެޝަރާ އާއި ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީގެ ސެނެޓުގެ 14 ގޮނޑިއަށް ވާދަކުރި 48 މީހުންނެވެ.
    
    ޕީއެންއެފްގެ ރައީސަކަށް ޔާމީން, ނައިބުންނަށް ޖަމީލް އާއި ޒެއިން ޕީއެންއެފްގެ ރައީސަކަށް ޔާމީން, ނައިބުންނަށް ޖަމީލް އާއި ޒެއިން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            