އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމުމާ ގުޅިގެން ދައުލަތުން އެ ނިންމުން އިސްތިއުނާފުކޮށްފިއެވެ
އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އެވެ. 2021، އޮކްޓޯބަރު ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.
މި މައްސަލައިގެ ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.
މައްސަލައިގައި ޝަރުތުތަކަކާއި އެކު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނުއިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޝަރުތުތަކެއްކޮށް އޭނާ ބަންދުން ދޫކޮށްލުމުން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން އެ ނިންމުން ބާތިލު ކުރި އެވެ.
އޭގެ ފަހުން އަނެއްކާވެސް ކްރިމިނަލް ކޯޓުގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި ލަމްހާ ބަންދުން ދޫކޮށްލީ ފުރުން މަނާކޮށް އިތުރު 6 ޝަރުތަކާއެކުއެވެ. އޭގެ ތެރޭގައި ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓު އަމުރުތަކާ އެއްގޮތަށް ކޯޓަށް ހާޒިރުވުމާއި، މާލެސިޓީން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ނެގުމާއި، ހެކިބަސް ދޭނެކަމަށް ބެލެވޭ މީހުންނާ މުއާމަލާތު ނުކުރުމާއި، ގެއިން ބޭރަށްދާއިރު ފުލުހުންގެ ހުއްދަ ހޯދުމާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުން ހިމެނެއެވެ.
ލަމްހާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރާރ ނިންމަވާފައި ވަނީ މިދިޔަ މަހު އެވެ. އަދި އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ އެ ނިންމުން ރަނގަޅު ކަމަށެވެ.
މި މައްސަލައިގައި ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައި ވަނީ ރެޖިސްޓްރަރ ގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އެހެން ނަމަވެސް ހިޔާލު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވަނީ ޝަރީއަތް ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫންކަމަށްވެފައި، ޝަރީއަތް ލަސްވާ އެތައް ސަބަބުތަކެއް ހިމެނޭއިރު އެ ކަންކަމަށް ފަރުވާއެއް ދިނުމުގެ ބަދަލުގައި ބަންދުގައި ހުންނަ މީހެއް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްތޯ ކޯޓުން ބަލަން ޖެހޭކަމަށެވެ. އަދި ރެޖިސްޓްރަރ ގެ ނިންމުން ރަނގަޅު ނޫންކަމަށް ލިޔުއްވި އެވެ.
2021، އޮކްޓޯބަރު މަހުގެ ތެރޭގައި ޝަރީއަތް ފެށުމަށް ފަހު ލަމްހާގެ އެންމެ ބޮޑު ޝަކުވާއަކީ އަޑުއެހުންތައް ރަނގަޅު ސްޕީޑެއްގައި ކުރިޔަށް ނުދިއުމެވެ.
ލަމްހާ ބަންދުން ދޫކޮށްދޭން އެދި އޭނާގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ ވިދާޅުވީ، މައްސަލައިގައި ގިނަ އަދަދެއްގެ ހެކިންގެ ހެކިބަސް ނެގިފައިވާ ކަމަށާއި، ހެއްކަށް ނުފޫޫޒު ފޯރުވުމުގެ އިހްތިމާލު ނުހަނު ބަލިކަށި ކަމަށެވެ. އަދި މީގެ ކުރިން ބަންދުން ދޫކޮށްލި މުއްދަތުގައިވެސް އޭނާގެ ފަރާތުން މުޖުުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިނގާފައިނުވާކަމަށް ބުނެފައި ވެއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްދަލަވަނީ، ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ