ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް އިބްރާހިމް، މިނިސްޓަރު ފެންވަރުގައި އަނެއްކާވެސް ރައީސް އޮފީހަށް އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ދެވަނަ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ 14 އެޕްރީލުގަ އެވެ.
އެއީ، އެ މަހު ބޭއްވި ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އެވެ. ނާޒިމް އިސްތިއުފާ ދެއްވީ، ހެލްތު މިނިސްޓަރު ކަމަށް އެހެން ބޭފުޅަކު އައްޔަންކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުންނެވެ.
ތަފްސީލް - މިފަހަރު މިނިސްޓަރު ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ކުރިން ރައީސް އޮފީހުގައި ނާޒިމް ހުންނެވީ، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. ނާޒިމް އޭރު އެ މަގާމަށް އައްޔަންކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނޮވެމްބަރު 2023ގަ އެވެ.
ނާޒިމް ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޑެޕިއުޓީ ކެމްޕޭނު މެނޭޖަރުކަން ވެސް އަދާކުރައްވާފަ އެވެ.
އެނގުން މުހިންމު - ނާޒިމާ އެކު މިދިޔަ އޭޕްރީލު މަސް ތެރޭ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު އިސްތިއުފާ ދެއްވި އެވެ. ބައެއް މިނިސްޓަރުންގެ މަގާމުގެ މެންޑޭޓުތައް ބަދަލުކޮށް އަލުން ހުވާކުރައްވާފައިވާއިރު، ބައެއް މިނިސްޓަރުން އެއްވެސް މަގާމަކަށް އައްޔަން ނުކުރެ އެވެ.
އޭގެ ތެރެއިން ބައެއް ބޭފުޅުން އެހެން މަގާމުތަކަށް މިހާރު އަންނަނީ އައްޔަންކުރައްވަމުންނެވެ. އެގޮތުން، މިހާރު ނިންމާފައިވަނީ:
ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް
އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް
ނާޒިމް މިނިސްޓަރު ފެންވަރުގައި އަނެއްކާވެސް ރައީސް އޮފީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ