އާރަށު މައްސަލަ: ގާޒީ ޗުއްޓީއަށް ދިއުމުން އަަދީބު އާއި ޒިޔާތުގެ ހެކިބަހެއް ނުނެގުނު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ ޝަރީއަތް އިއްޔެއަށް ތާވަލް ކުރިއިރު ގާޒީ ޗުއްޓީގައި ހުރުމުން އަޑުއެހުން ކެންސަލްވެއްޖެއެވެ.
އިއްޔެ ހެނދުނު 9:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ އެ މައްސަލަ ބައްލަވާ އިސް ޤާޟީ އަހުމަދު ޝަކީލް ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާޟީ ޝަކީލް ޗުއްޓީ ނަންގަވާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އިއްޔެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ ކުރީގެ ނާއިބުރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތުގެ ހެކިބަސް ނެގުމެވެ.
މި މައްސަލާގައި މިހާތަނަށް ނަގާފައިވަނީ ދައުލަތުން ހުށައަޅާފައިވާ 6 ހެކިވެރިއެއްގެ ހެކިބަހެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ