ލަންކާގެ ރައީސް، ވަކިވަކިން ބައެއް ވަޒީރުންނާ ބައްދަލުކުރައްވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިވަގުތު ރާއްޖެ ވަޑައިގެން ހުންނެވި ޑިސަނަޔަކަ ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ބައްދަލުކުރައްވައިފައެވެ. https://x.com/mvpeoplesmajlis/status/1950112277958414685 މީގެ އިތުރުން ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަންގެ އިސް ބައެއް ބޭފުޅުންނާ ވެސް ޑިސަނަޔަކަ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ވުޒާރާތަކާ ގުޅުންހުރި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރެވުނު ކަމަށް، ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓުތަކެއްގައި ވެއެވެ. https://x.com/MoFmv/status/1950123631390183892 ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށް ގިނަ ކަންތައްތަކެއް މަޝްވަރާ ކުރައްވާފައި ވެއެވެ. ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭނެއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ