ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ޝަރީއަތް ނިމެންދެެން ބަންދުކުރި ހަސަން މަމްދޫހު (މަންޑޭ) ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ކޭޕާކް ހަދަމުންދާ ކުންފުނި ކަމަށްވާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި މިދިޔަ ހަފުތާގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ކޯޓަށް ހާޒިރު ނުވާތީ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލައިފަ އެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.
އެ މައްސަލާގައި މަންޑޭގެ އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ކޯޓަށް އެއްބާރުލުން ނުދޭތީ ބަންދުކުރި މަންޑޭ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ