ރައީސުންނަށް މަރުހަބާ ކިޔަން ފަނޑިޔާރުން ނުކުތުން ހުއްދަކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނުކުމެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވީ ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުންނެވެ.އެނގިފައިވާ ގޮތުގައި މަޝްވަރާ އަށް ފަހު، ޖޭއެސްސީން ނިންމީ ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ނިކުމެވަޑައިގަތުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އެ ގޮތަށް އުޅުއްވާއިރު ފަނޑިޔާރުންގެ ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ.އެފަދައިން ހުއްދަކުރިއިރު، ފަނޑިޔާރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނާއި ގަވާއިދުތަކުން މަނާ ކަމެކެވެ.ކަން އެހެން އޮތްއިރު މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމުގެ ފާޑުކިޔުންތައް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ