ފަރުމުލި، މާފަރުގެ އިހްތިސާސުން ވަކިކޮށްފި، ޓޫރިޒަމަށް ތަރައްގީ ކުރަނީ

ނ. ފަރުމުލި، މާފަރުގެ އިހްތިސާސުން ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ "ދިވެހިރާއްޖޭަގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އިސްލާހު ކޮށް ގަރާރެއް ނެރުއްވާފަ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ފެބްރުއަރީ 2025 ގައި މިލަދުންމަޑުލު ދެކުނުބުރީ ފަރުމުލި އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ފަރުމުލި އަކީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ފަރުމުލި އަކީ އެ އަތޮޅ މާފަރު ބައެއް ނޫންކަމުގައި ކަނޑައަޅާފައިވާ ކަމަށް ގަރާރުގައި ބުނެ އެވެ.
އެ ބަދަލާ އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓް ވަނީ އަދާ ހަމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ