ކާށިދޫ ދާއިރާގެ އަތޮޅު ކައުންސިލަރު ޑީއާރުޕީއިން ވަކިވެވަޑައިގެންފި

ކާށިދޫ ދާއިރާގެ އަތޮޅު ކައުންސިލަރު އަލީ ނަޖީބު މިއަދު ޑީއާރުޕީއިން ވަކިވެވަޑައިގެންފި އެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން އަލީ ނަޖީބު ވިދާޅުވީ ޑީއާރުޕީއިން ވަކިވެވަޑައިގެންނެވީ ވަކި ސަބަބަކާއި ހެދި ނޫން ކަމަށާއި އޭނާ ހިމެނިވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންގެ އަބަދުވެސް ފިކުރަކީ ޕީޕީއެމް ކަމަށެވެ.
އަދި އިތުރު ޕާޓީ އަކާއި ގުޅުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.
މިއަދު ވަނީ މާލެ އަތޮޅު ކައުންސިލްގެ ރައީސް އާއި ގުޅި ކައުންސިލްގެ މެމްބަރުންނާއި މާފުށި ކައުންސިލްގެ ރައީސް ވެސް ޑީއާރުޕީއިން ވަކިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ