ފިނޭންސުގެ ދަށުން ހިނގަމުން އައި ޕްރޮޖެކްޓްސް އޮފީސް ހައުސިން މިނިސްޓްރީންގެ ދަށަށް ބަދަލުކޮށްފި

ސަރުކާރުގެ ޕްރޮޖެކްޓްތައް ރާވައި ވިލަރެސް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ދަށުން ހިނގަމުންދިޔަ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުން ގެންދާ އޮފީހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއޮފީސް ކުރީން ހިންގަމުން ގެންދިޔަޢީ ފިނޭންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ