27: 11 އަލީ އާރިފް ނުކުމެވަޑައިނުގަތުމުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދަން ނިންމައިފި.
- ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ފެށިތަނާ މެމްބަރަކު ތެދުވެވަޑައިގެން އަޑުގަދަކުރައްވައި ޖަލްސާގެ ނިޒާމު ގެއްލުމާ ގުޅިގެން، އެ މެމްބަރުގެ ނަން އިއްވުމުން ވެސް ނުކުމެވަޑައިނުގަތުމުން ޖަލްސާ މެދުކަނޑާލައިފި އެވެ.
މިއަދުގެ ޖަލްސާ ފެށުނުތަކާ، ނިޒާމީ މައްސަލައެއްގައި ފުރުސަތު ހޯއްދަވައިގެން ތެދުވެވަޑައިގަތީ ޑީއާރުޕީގެ ޒެޑް ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އޭނާ މައިގަނޑު ގޮތެއްގައި ދެކޮޅުހެއްދެވީ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ބެހުމުގައި މަޖިލީހުން އަމަލުކުރި ގޮތާ މެދުގަ އެވެ.
ނަމަވެސް އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ރިއާސަތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ވިދާޅުވެ އިތުރަށް ފުރުސަތު ނުދެއްވުމުން، އަލީ އާރިފް ތެދުވެވަޑައިގެން، އިދާރީ މޭޒު ދޮށަށް ވަޑައިގެން މަޖިލީހުގެ ގަވާއިދު ފޮތް ހިއްޕަވައިގެން ހުންނަވައި ރިއާސަތާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ގެންދެވި އެވެ.
އަލީ އާރިފް އެނބުރި ގޮނޑި އަށް ވަޑައިގަތުމަށް ރިއާސަތުން ތަކުރާރުކޮށް އެންގެވުމުން ވެސް ވަޑައިނުގަތުމުން އޭނާގެ ނަން އިއްވައި މަޖިލީހުގެ މާލަމުން ނުކުމެވަޑައިގަތުމަށް އެންގެވި އެވެ. އަދި ތިން ފަހަރަށް ނަން އިއްވުމުން ވެސް އަލީ އާރިފް ނުކުމެވަޑައިނުގަތުމުން، އޭނާ މަޖިލީހުގެ މާލަމުން ނުކުމެވަޑައިގަތުމުން ޖަލްސާ އަލުން ފައްޓަވާނެ ކަމަށް ވިދާޅުވެ ޖަލްސާ މިހާރު ވަނީ މެދުކަނޑައިލާފަ އެވެ.
ނަމަވެސް އަލީ އާރިފް މަޖިލިހުގެ މާލަމުން އަދި ނުކުމެވަޑައެއްނުގަނެ އެވެ.
ކޮމިޓީތަކަށް މެމްބަރުން ބެހުމުގެ ވޯޓު ނެގީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ މަޖިލިސް ހުއްޓުވާނެ ކަމުގެ އިންޒާރު ޒެޑް-ޑީއާރުޕީން ކުރިން ވަނީ ދީފަ އެވެ.
އަދި އެކަމާ ގުޅިގެން ސިފައިން ވަނީ ރިޔާސަތުން އެދެފިނަމަ މަޖިލީހުން މެމްބަރުން ނެރޭނެ ކަމުގެ އިންޒާރުދީފަ އެވެ.
20: 9 ޑީއާރުޕީގެ ޒެޑް ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ނަން އިއްވުމުން އޭނާ މަޖިލީހުން ނުކުމެވަޑައިނުގަތުމުން ޖަލްސާ މެދުކަނޑާލައިފި.
މަޖިލިސް ބޭރުގައި ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި. އެ ތަނުގައި ފުލުހުން އެބަތިބި.
އަލީ އާރިފް ނުނުކުތުމުން އެންމެ ފަހުން ޖަލްސާ ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ