ކަނދޮޅުދޫ އަހުމަދު ވަހީދު އަވަހާރަވެއްޖެ

ރާއްޖޭގެ ޓޫރިޒަމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކަނދޮޅުދޫ އަހުމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަމިއްލަ ގެ ކަމުގައިވާ ހ. ވައްފުށީގައި ކުއްލި ގޮތަކަށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 72 އަހަރެވެ.
ޔުނިވާސަލްގެ އިސް މަގާމެގައި ހުންނަވައިގެ ޓޫރިޒަމް ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި އިރު އޭނާ ސާމިލުވާ ވިޔަފާރީގެތެރޭއި ރ. އަތޮޅު މާމިގިލި ރިސޯޓް ހިނގުމާއި އިފްރު އެއާޕޯޓް ހިންގުން ފަދަ ވިޔަފާރިތައް ވެސް ހިމެނެ އެވެ.
އާއިލާ އާއި ހަވާލާދީ ބައެއް މީދިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުަގައި މިއަދު ހެނދުނުވެސް ވަހީދު ރަނގަޅެވެ. ނަމަވެސް ސައި ބައްލަވަން ވަޑައިނުގެން ލަސްވާތީ ބެލިއިރު އޮތީ އަވަހާރަވެފައި ކަމަށް އާއިލާއިން ބުނެއެވެ.
އަހުމަދު ވަހީދު ގެންދެވީ ގަވާއިދުން ޑޮކްޓަރަށް ދައްކައި ޗެކަޕް ހަދަމުން ކަމަށާއި ބޮޑު ބައްޔެއްގައި ފަރުވާ ހޯއްދަވަމުން ނުގެންދަވާ ކަމަށް އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ