ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފިން: ސްޓެލްކޯ

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ދިމާވި މައްސަލައަކާ ހުރެ މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ހަވީރު 04:50 ހާއިރު ކަރަންޓު ވަނީ ކެނޑިފަ އެވެ. އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓު ކެނޑުނީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، މައްސަލަ ހައްލުކޮށް މިރޭ 07:10 ހާއިރު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. މިދިޔަ އޯގަސްޓު މަހުގެ ތެރޭގައިވެސް މާލެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ ފަހަރު ކަރަންޓު ކެނޑިފައިވަނީ، ޓްރާންސް ފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ