ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ފަސް އަހަރަށް ހަވާލުކުރީ ރައްޔިތުން ކަމަށާއި ގާނޫނާ ޚިލާފަށް އެ މަގާމު ގެއްލުވާލުމުން އަންނަނީ ހިނި ކަމަށް މެމްބަރު އަހްމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިލެކްޝަން ކޮމިޝަނުން މިއަދު މަޖިލީހަށް އަންގައިފައިވާއިރު މީގެ ކުރިން ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިންތިހާބު ބާއްވަން އިލެކްޝަންސުން އަންނަނީ ތައްޔާރުވަމުންނެވެ.
"ރައީސް އަބްދުﷲ ޔާމީންގެ އަންދާ ގާނޫނުގެ ދަށުން ގޮނޑި ގެއްލުވާލީމަ އަންނަނީ ހިނި. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތަށް އަޅުގަނޑާ މަގާމު ހަވާލުކުރީ ރައްޔިތުން. އެ މަގާމުގައި އަޅުގަނޑު ދެމިއެބަހުރިން،" އަބްދުﷲ ވިދާޅުވި އެވެ.
މެމްބަރ އަބްދުﷲ ވިދާޅުވީ ގާނޫނުއަސާސީ އާއި މެމްބަރުންނާ ދެކޮޅަށް ސަރުކާރުން ހިންގަމުންދާ އަމަލުތައް ހުއްޓުވަން ރައްޔިތުން ނިކުންނަން ޖެހެ ކަމަށާޢި ވެރިކަމުގެ ބާރު ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ރައްޔިތުން ހޮވާފައި ތިބި މަންދޫބުންނާ މެދު ހިތުހުރި ގޮތަކަށް ސަރުކާރަށް އަމަލުނުކުރެވޭނެ ކަމަށެވެ.
މެމްބަރު އަބްދުﷲ އިންތިހާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނަމަވެސް ޕީޕީއެމާ ގުޅިވަޑައިގެން އެއަށްފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
ޤާނޫނާއި ޙިލާފަށް ގޮނޑި ގެއްލުވާލީމަ އަންނަނީ ހިނި: އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ