ނިލަންދޫ ރައްޔިތުންނަށް ރޯދަމަހުގެ ކަރަންޓު ބިލުން 75 ޕަސެންޓު އުނިކޮށްދީފި

މިއަހަރުގެ ރޯދަ މަހު ފ. ނިލަންދޫގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކުން 75 ޕަސެންޓު އުނިކޮށްދީފިއެވެ.
މައުލުމާތު ލިބޭގޮތުގައި ކޮންމެ ރޯދަމަހަކު އެރަށު ރައްޔިތުންނަށް ކަރަންޓު ބިލުން 50 ޕަސެންޓް އުނިކޮށްދެއެވެ. ނަމަވެސް މިއަހަރު 75 ޕަސެންޓު އުނިކުރުމަށް ނިންމީ ރޯދަ މަހު އެރަށަށް ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެ ރަށުން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ރިއާޔަތްކޮށެވެ.
އެރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ކައުންސިލް އިދާރާއިން ބަލަހަށްޓާ ރައްޔިތުންގެ އިންޖީނުގެއަކުންނެވެ.
2300 މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި 215ގޭބިސީ ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ