p.p1 {margin: 0.0px 0.0px 10.0px 0.0px; text-align: justify; font: 12.0px Faruma; color: #000000; -webkit-text-stroke: #000000}
span.s1 {font-kerning: none}
ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުންގެ އުންގެނުމުގެ ފެންވަރު މަތިކުރުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާގެ ނޭޝަނަލް އެސެސްމަންޓު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ހޮވައިލެވިފައިވާ 103 ސުކޫލެއްގެ 6407 ދަރިވަރުން މި އެސެސްމަންޓުގައި ބައިވެރިވެއެވެ.
p.p1 {margin: 0.0px 0.0px 10.0px 0.0px; text-align: justify; font: 12.0px Faruma; color: #000000; -webkit-text-stroke: #000000}
span.s1 {font-kerning: none}
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުޙަލާގައި، އެދަރިވަރުން ޙާޞިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުމެވެ.
މި މަޢުލޫމާތުގެ އަލީގައި ތަޢުލީމީ ގޮތުން ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ޤައުމީ ފެންވަރުގައި ދެނެގަނެވޭނެއެވެ. އަދި މިނިސްޓްރީގެ ތަޢުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
p.p1 {margin: 0.0px 0.0px 10.0px 0.0px; text-align: justify; font: 12.0px Faruma; color: #000000; -webkit-text-stroke: #000000}
span.s1 {font-kerning: none}
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ އާއްމު ކޮއްފައެވެ.
މިއަދު މިފެށުނު އެސެސްމަންޓް، ކުރިއަށްދާނީ އޮކުޓޫބަރ ހަތަރު ވަނަ ދުވަހާއި އާއި ހަމައަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
103 ސުކޫލެއްގައި ނެޝަނަލް އެސެސްމަންޓް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ