ކުރިއަށް އޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު އަދި މައްޝޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް އަހުމަދު ޝީޔާމް ބައްދަލު ކުރައްވައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތުދިން މީހަކު ބުނީ ގާސިމް އިބްރާހިމު ދިރިއުޅުއްވާ މާފަންނު ވިލާގައި ދެ ބޭފުޅުން ބައްދަލުކުރެއްވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށާއި ބައްދަލުވުން ނިންމާލެއްވީ އިޝާނަމާދަށް ބަންގި ގޮވިފަހުން ކަމަށެވެ. އޭނާ ބުނީ އެ ދެބޭފުޅުން ބައްދަލުކުރެއްވި އިރު އެ ދެ ޕާޓީއަށް ނިސްބަތްވާ އިތުރު އެއްވެސް މީހަކު އަރިހުގައި ނެތްކަމަށެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގާސިމް އިބްރާހިމްގެ ތަރުޖަމާން އިބްރާހިމް ހަލީލް ވިދާޅުވީ މިހާރުވެސް އެކިއެކި ފަރާތްތަކާއި އެޕާޓީން މަޝްވަރާކުރަމުން ދާކަމަށާއި ޝަރުތުތަކާ އެކުނަމަވެސް އެޕާޓީއާއި ގުޅުމުގެ ފުރުސަތު އަބްދުވެސް ހުޅުވިފައި އޮންނާނެކަމަށެވެ.
"މިޕާޓީއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް އަދި މަޝްވަރާ ކުރަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އެ ދޮރު ހުޅުވިފައި ހުންނާނެކަމަށް ދަންނަވާފައިވާނެ. އެގޮތުގެމަތިން އެކިއެކި ފަރާތްތަކާއި ވާހަކަ ދެކެވެމުން އެބަދޭ،" ހަލީލް ވިދާޅުވިއެވެ.
މިހަބަރާއި ގުޅޭ ގޮތުން އެމްޑީއޭގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ސަންޓްރެވަލް ޝިޔާމްއާއި ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ