ކުރިއަރައި ގޮސް ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގާސިމް ގޮވާލައްވައިފި

ކިޔެވުމަށް ލިބިފައިވާ ފުރުސަތު ނަގާ ނުލުމަށާއިި ދުނިޔޭގެ ކޮންމެ ގައުމެއްގައ ތިބިނަމަވެސް އެ ގައުމެއްގެ ގާނޫނުތަކުގެ އިމުގައި ތިބިގެން ކުރިއަރައި ދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނު، ދިއްލީގައި ތިބޭ ދިވެހި ކިޔަވާ ކުދިންނާއި އާއިލާތަކާއި ބައްދަލު ކުރެއްވުމަށް މިރޭ ދިއްލީލީގެ ލީޕާ ޕެލަސް ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކިޔަވާ ކުދިންނާއި އާއިލާތައް ކޮންމެ ގައުމެއްގައި ދިރުއުޅުނު ނަމަވެސް އަބަދުވެސް ތިބެންޖެހޭނީ ދިވެހިންގެ ގޮތުގައި ކަމަށެވެ. އަބަދުވެސް ކުރިޔަށް ދާންވާނީ އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށެވެ.
"ގާނޫނުތަކާއި ގަވައިދުތަކަށް ބޯލެނބުމާއެކު ތައުލީމާއި ކުރިއެރުމުގެ ފުރުސަތުތަކުގެ ބޭނުން ކުރަން މަސައްކަތް ކުރަންޖެހޭނެ. އަދި ދިއްލީގައި ކިޔަވަމުންގެންދާ ހުރިހާ ދަރިވަރުން ވެސް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައި ގައުމަށް ރީތިނަން ހޯދައިދޭން އަޅުގަނޑު އިލްތިމާސް ކުރަން،" ގާސިމް ވިދާޅުވި އެވެ.
މިރޭގެ އެއްވެލުމުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށާއި ކޮންމެ ގައުމެއްގައި ދިވެހި ރައްޔިތަކު ހުރި ނަމަވެސް އެހީވުމަކިީ ރައީސް ޔާމީންގެ ސަރުކާރުގެ މަސައްަތާއި ވާޖިބު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ