ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގިނަ ޤައުމުތަކެއްގެ ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާ ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.
އެގޮތުން އިއްޔެ ވަނީ ޖަރުމަންވިލާތުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް އާއި ފިޖީގެ ފޮރިން މިނިސްޓަރު އިނިއާ ސެރުއިރަތޫ އާއި އަޔަލެންޑްގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ސިއަރަން ކެނަން އާއި މޯލްޓާގެ ފޮރިން މިނިސްޓަރު ކާމެލޯ އަބޭލާއާ ވަނީ ބައްދަލުކުރައްވާފަ އެވެ.
އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ.ގެ އާއްމު މަޖިލީހުގައި ތަޤްރީރް ކުރެއްވުމަށް ފަހު މިނިސްޓަރު ޝާހިދު ވަނީ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރިނީ އާއި ނޯވޭގެ ފޮރިން މިނިސްޓަރު ޑަގް އިންގެ އުލްސްޓައިންއާ ބައްދަލުކުރައްވާފަ އެވެ.
ހަމައެއާއެކު ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީ އާއި އެޤައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު އަލްއަމީން ސުއެފްއާ ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި އެވެ.
އޭގެ އިތުރުން ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝެރިންގް އާއި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕެއިން، ސައޫދީގެ މިނިސްޓަރު އޮފް ސްޓޭޓް ފޮ ފޮރިން އެފެއަޒް އާދިލް އަލް ޖުބެއިރް، ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބާލަކްރިޝްނަން، އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އަދި އެޤައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މަރްސޫދީއާ މިނިސްޓަރު ޝާހިދު ވަނީ އާއްމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ