އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ޒަހަމުތަކަކާއިއެކު މަރާލާފައި އޮއްވާ ފެނުނު އުމަރު އިސްމާއީލްގެ މަރާއި ގުޅިގެންް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ހއ އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ޒަހަމުތަކަކާއިއެކު މީހަކު މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވާކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 04:15 އެހާކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.
މަރާލާފައި އޮއްވާ ފެނިފައިވަނީ އުމުރުން 54 އަހަރުގެ ޅ ހިންނަވަރަށް ނިސްބަތްވާ އުމަރު އިސްމާއީލުކަމަށެވެ.
އޭނާއަކީ އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބިދޭސީއެކެވެ.
އެ މީހާއާއި ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެކަމަށާ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އުމަރު އިސްމާއީލްގެ މަރާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ