ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އިލްހާމްގެ އާއިލާ މެމްބަރަކު ވިދާޅުވީ އިލްހާމާއި ސިނާން ހައްޔަރުކުރީ ވިލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް ވަޑައިގަތުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
އިލްހާމާއި ސިނާން ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.
މެންބަރުން ސިނާނާއި އިލްހާމް ރާއްޖެ ވަޑައިގެންފައި މިވަނީ އެ ދެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ 14 ދުވަހުގެ ނޯޓިސް ދީފައިވަނިކޮށެވެ. އަދި އެ ދެ ބޭފުޅުން ހޯދަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތާއި ގުޅިގެންނެވެ.
ސިނާނާއި އިލްހާމާއި ރާއްޖެ ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއި ކުރެއްވުމަށްފަހު އެވެ.
ސިނާނާއި އިލްހާމް ރާއްޖެއިން ބޭރުގައި ތިއްބަވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ދެބޭފުޅުންގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ.
މެންބަރު ސިނާނާއި އިލްހާމާ އެކު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވެސް މިއަދު މާލެ ވަޑައިގެންނެވި އެވެ. ނަމަވެސް އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެ އެވެ. އަދި މެންބަރު އަބްދުﷲ މިހާރު ވަނީ މާލެ ވެސް އައިސްފައެވެ.
މެމްބަރު އިލްހާމާއި ސިނާން ރާއްޖެ ވަޑައިގަތުމުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ