ގާސިމް ނިކުމެ ހުންނެވީ ވަރަށް ކެރިވަޑައިގެން: މާރިޔާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްލާހީ މަސައްކަތަށް ނިކުމެ ހުންނެވީ ވަރަށް ކެރިވަޑައިގެންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅީ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އުސްތާޒާ މާރިޔާ ދީދީ މިހެން ވިދާޅުވީ މިރޭ އެކަމަނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މާރިޔާގެ ޓްވީޓްގައި ވިދާޅުވީ މިހުރިހާކަމެއްވެސް މިހެން ހިނގާނެކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި އެމަނިކުފާނު އިސްލާހީ މަސައްކަތަށް ނިކުންނެވީ މިމަގުން ކަންކަން ހިނގާނެކަން އެނގިހުރެކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި ގާސިމް މި މަސައްކަތުގައި ދެމި ހުންނެވީ ވަރަށް ކެރިވަޑައިގެންކަމަށާ މާތްﷲ އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެކަމަށެވެ.
"މިހުރިހާކަމެއްވެސް މިހެން ހިނގާނެކަން ގާސިމް އިބްރާހިމަށް އެނގިވަޑައިގެން ކެރިވަޑައިގެން ނިކުމެ ހުންނެވީ. ﷲ އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެ." މާރިޔާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ