މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކުޅުމަށް ހަމަޖެހިވާ ޓެނިސް މެޗްތަށް ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކުޅުމަށް ހަމަޖެހިވާ ޓެނިސް މެޗްތަށް މާދަމާއަށް ފަސްކޮށްފި އެވެ.
މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓެނިސްގައި ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވާ ޓީމް އިވެންޓް ސިންގަލްސް މެޗްއާ ޓީމް އިވެންޓް މިކްސް ޓަބަލްސް މެޗްއާ އަންހެން ސިންގަލްސްއާ ޑަބަލްގެބ މެޗްތަށްވެސް ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
ޓީމް އިވެންޓް ސިންގަލްސް އަންހެން މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަޔާނީއާ މަޑަގަސްކަރައާ އެވެ. ޓީމް އިވެންޓް މިކްސް ޓަބަލްސް މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިރުފާއާ ރަބީޢުގެ ޕެއާރއެވެ. އިރުފާއާ ރަބީޢުގެ ޕެއާރ ވާދަކުރުމަށް ހަމަޖެހިފައިވަނީ މަޑަގަސްކަރައާ ދެކޮޅަށެވެ. އަދި އިންޑިވިޗުއަލް ޓީމް އިވެންޓް އަންހެންބައިގެ ޓަބަލްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އިރުފާޔާ އަޔާނީގެ ޕެއާރއެވެ.
ގައުމީ ޓޭބަލް ޓެނިސް ޓީމްއިން މަޢުލުމާތުދޭ ގޮތުގައި ވިއްސާރަ ވެހޭކަމުގައިވާނަމަ، މިރޭވެސް މެޗް ނުކުޅެވޭނެކަމަށެވެ.
މިއަދުގެ މެޗްތަށް މެދުކަޑާލާފައިވާއިރު މިއަދު ކުޅެވުނު ސިންގަލްސް މެޗުތަކުންވަނީ ގައުމީ ޓެނިސް ޓީމް ބަލިވެފައެވެ. މިއަދު ހެދުނު ކުޅެވުނު މެން ސިލްގަލްސްއާ އަންހެން ސިންގަލް މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ. އެގޮތުން މެން ސިންގަލްސްގައި މަޑަގަސްކަރައިގެ ކުޅުންތެރިޔާއާ ވާދަކޮށް ރާއްޖޭގެ އަބްދުލް ފާއިހް ފަޒްލީ ބަލިވެފައިވަނީ ސުމެއް ހައެއް އަދި އެކެއް ހަޔަކުންނެވެ. މެންސިންގަލްސްގެ ދެވަނަ މެޗުގައި ރަބީއު މުހައްމަދު ބަލިވެފައިވަނީ މަޔޯޓާގެ ކުޅުންތެރިޔާ އަތުން ސުމެއް ހައެއް އަދި އެކެއް ހަޔަކުންނެވެ. އަންހެން ސިންގަލްސްގައި އަޔާނީ މޫސާ ކަލީމް ބަލިވެފައިވަނީ މޮރިޝިއަސްގެ ކުޅުންތެރިޔާއާ ވާދަކޮށް ސުމެއް ހައެއް އަދި ސުމެއް ހަޔަކުންނެވެ ޓީމް އިވެންޓްގެ ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ