ސްކޫލް ކުދިންގެ ކުރެހުމުގެ އަދި ފޮޓޯ ނެގުމުގެ މުބާރާތުގެ ސުންގަޑި ފަސްކޮށްފި

މީރާގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ޓެކްސް ވީކް' ގެ އެއް ހަރަކާތުގެ ގޮތުން މީރާއިން ހުޅުވާލައިފައިވާ ކުރެހުމުގެ އަދި ފޮޓޯނެގުމުގެ މުބާރާތުގެ ސުންގަޑި އަންނަ އޮގަސްޓު މަހުގެ ދެ ވަނަ ދުވަހާ އަމއަށް ފަސްކޮށްފައިވާކަމަށް މީރާއިން ހާމަކޮށްފި އެވެ.
މިރާއިން ބުނީ، މި މުބާރާތަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 6 އިން ފެށިގެން މަތީގެ ގްރޭޑްތަކުގެ ކިޔަވާ ކުދިންނަށް ހުޅުވާލައިފައިވާ މުބާރާތެކެވެ.އަދި މި މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ އަދި ކުރެހުން މީރާއަށް ހުށަހެޅުމަށް ކުރިން ކަނޑައަޅައިފައިވާ ސުންގަޑި އަކީ މިމަހުގެ 15 ވަނަ ދުވަހެވެ.
މިރާއިން ބުނީ، ސުންގަޑި ފަސްކުރަންޖެހުނު ސަބަބަކީ ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވުމާއެކު، ސްކޫލް ހުޅުވުމުން އިތުރު ކުދިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ marketing@mira.gov.mv އަށް އީމެއިލްކުރެއްވުމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ