(އައްޑޫ ސިޓީ ހިތަދޫއިން) މޫސުން ގޯސްކޮށް އޮތް ނަމަވެސް، މި ރަށުގެ ޒިކުރާ މިސްކިތުގެ ފުރަގަހުގައި އޮތް ހުސް ބިމުގައި، އީދު ނަމާދަށްފަހު ބޭއްވި ސަޔަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ޒިކުރާ ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި ސައިގައި ކުދިބޮޑު ހުރިހާ ފަރާތްތަކަކުން ވަނީ ބައިވެރިވެފައިވާއިރު، ފަސޭހަކަމާއެކު ސައި ބެއްލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިއެވެ. އަދި އަންހެނުންނަށް ވެސް ސައި ބެއްލެވޭނެ އިންތިޒާމު މިސްކިތުގެ އެހެން ސަރަހައްދެއްގައި ހަމަޖެހިފައި ހުރިކަން ވެސް ފާހަގަކޮށްލެވެއެވެ.
ފިތުރު އީދު ނަމާދަށްފަހު، ޒިކުރާ ފައުންޑޭޝަނުން ވަނީ އީދު ނަމާދަށް ދިޔަ ކުޑަކުދިންނަށް ހަދިޔާވެސް ބަހާފައެވެ.
މިއީ މިދިޔަ އަހަރު ވުޖޫދަށް އައި، ޒިކުރާ ފައުންޑޭޝަންގެ ފަރާތުން މިފަދަ ކަމެއް ރޭވި ފުރަތަމަ ފަހަރެވެ.
އީދާ ގުޅިގެން، ޒިކުރާ ފައުންޑޭޝަނުން ހާއްސަ ހަރަކާތެއް މިއަދު ކުރިއަށްދިޔައިރު، އެ ޖަމިއްޔާއިން ވަނީ މިދިޔަ ރޯދަ މަހު ވެސް ތަފާތު އެކި ހަރަކާތްތައް މި ރަށުގެ މިސްކިތްތަކުގައި ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ރޯދަމަހުގެ ރޭތަށް އިހްޔާކުރުމުގެ ގޮތުން، ހިފްޒުކޮށް ތަރާވީހު އަދި ދަމުނަމާދު ކުރުން ކުރިޔަށް ގެންދިޔަ ކަމަށާއި، އަދި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށްފަހު، ދަރުސް ޕްރޮގްރާމެއް ހިންގުނުކަން، އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރު މުހައްމަދު ސައުދީ ވަނީ "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރައްވާފައެވެ.
ސައުދީ ވަނީ، ޒިކުރާ ފައުންޑޭޝަނުން ކުރިއަށްގެންދާ ތަފާތު އެކި ޕްރޮގްރާމްތަކަށް ރަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ވެސް ފާހަގަކޮށްފައެވެ.
މޫސުން ގޯސްކޮށް އޮތް ނަމަވެސް، ޒިކުރާ މިސްކިތުގައި ބޭއްވި ސަޔަށް ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ