ގއ. ވިލިނގިއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ޕީކް ގަޑިތަކުގައި ވިލިނގިލީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމަށް މެދުވެރިވީ އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން ދިޔަ ތިން ޖަނެރޭޓަރުގެ ތެރެއިން 800 ކިލޯވޯޓުގެ ޖަނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަތޮޅުތެރެއިން އެރަށަށް ޓީމެއްގޮސް އެ މައްސަލަ ހައްލުކުރުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށް ނިމާލް ވަނީ ވިދާޅުުވެފައެވެ. މަސައްކަތަށް ބޭނުންވާ ސްޕެއާ އަދި އެހެނިހެން ތަކެތި ވިލިނގިއްޔަށް ފޯރުކޮށްދެމުންދާ ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ވިލިނގިލީގެ ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ވިލިނގިލީގައި ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅޭތާ ދެ ހަފްތާ ވީ އިރުވެސް އެކަމަށް ހައްލެއް ނައުމުން ރައްޔިތުން ވަނީ ހިތްހަމަނުޖެހުުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.
ވިލިނގިލީގެ ކަރަންޓުގެ މައްސަލަ ވަރަށް އަވަހަށް ހައްލު ވާނެ ކަމަށް ފެނަކައިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ