ވޯޓު އަލުން ގުނައިދޭން އެމްއެންޕީން އެދެނީ

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ އަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު ގުނާފައި ވަނީ ބާތިލު ވޯޓާ އެކު ކަމަށް ބުނެ އެމްއެންޕީ އިން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކަށް ކުރިއަށް ގެންދިޔަ އިންތިހާބު, ޕީޕީއެމްގެ ފާތިމަތު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.ނާޒިމާ އިންތިހާބު ކާމިޔާބުކުރެއްވީ 359 ވޯޓުންނެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ޝީޒާ އަށް ލިބިވަޑައިގަތީ 358 ވޯޓެވެ.އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ އަށް ބެލުމަށްފަހު އަލުން ވޯޓު ގުނައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެދެން ނިންމާފައިވާ ކަމަށެވެ.ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާމިނަތު އީމާން، 29، އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށަހެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ