ތަކަންދޫން ކަރަންޓީނަށް ގެންދިޔައީ ފައްސި ނުވާ ކުއްޖެއް، ފައްސިވި ކުއްޖާ ހުރީ ރަށުގައި

ހއ. ތަކަންދޫ އިން ކޮވިޑް19 އަށް ފައްސިވި ތިން މީހުންގެ ތެރެއިން ކަރަންޓީނަށް ގެންދިޔަ ކުއްޖަކީ ވައިރަހަށް ވައިރަހަށް ފައްސި ނުވާ ކުއްޖެއް ކަމަށާއި ވައިރަހަށް ފައްސިވި ކުއްޖާ އަދިވެސް ހުރީ ރަށުގައި ކަމަށް "މިހާރު އޮންލައިން" ނޫހުން ރިޕޯޓުކޮށްފިއެވެ.
ތަކަންދޫއިން ކޮވިޑް19 ޖެހިގެން ހައިޑަވޭ އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން އެ އަންހެން މީހާގެ ހަތް އަހަރުގެ ކުޑަ ފިރިހެން ދަރިފުޅެވެ.
ތަކަންދޫއިން ފައްސިވި ކުއްޖާގެ އާއިލާ ގެ މީހަކާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި ކަރަންޓީނަށް ގެންދިޔަ ކުޑަ ފިރިހެންކުއްޖާ އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް އިއްޔެ އެންގުނީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކުއްޖާ އަދިވެސް ހުރީ ޕޮޒިޓިވް ވެފައިވާ މަންމައާ އެކު ކަރަންޓީންގައި ކަމަށް އާއިލާ އިން ބުނެފައިވެއެވެ.
ތަކަންދޫ އިން ވައިރަހަށް ފައްސިވެފައިވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ދަތުރު ކުރި ތިން މީހުނެވެ. މީގެ އިތުރުން ތަކަންދޫގައި ތިބި ކާވިޔާ ބޯޓުން ދަތުރުކުރި 33 މީހުން އަލުން ޓެސްޓް ކުރުމަށް މިއަދު ވަނީ ސާމްޕަލް ވެސް ނަގައިފަ އެވެ.
ތިން މީހުން ފައްސިވުމާއެކު ތަކަންދޫ ކައުންސިލުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރަށް ބަންދުކޮށް، ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ