ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިހާބާއި ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ަ
ތިމަރަފުށީ ދާއިރާގެ މައްސަލައިގެ އަޑުއެހުން މާދަމާ ހެނދުނު 9:00 ގައެވެ.އަދި ކުރެންދޫ ދާއިރާގެ މައްސަލައިގެ އަޑުއެހުން އޮންނާނީ 9:15 ގައެވެ.
ތިމަރަފުށީ ދާއިރާގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި، އަދި މިހާރުވެސް އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހުމަދު ޝަރީފެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ވާދަކޮށް އޭނާ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ އެންމެ ނުވަ ވޯޓުގެ ތަފާތުންނެވެ.
ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ޖުމްހޫރީ ޕާޓީން ހުށަހެޅިއިރު . އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްބާރީ އަބްދުﷲ އެވެ. ބާރީ އާއި ވާދަކުރެއްވި މިހާރުގެ މެންބަރު އަހުމަދު މޫސާ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ އެންމެ ހަތް ވޯޓުގެ ތަފާތުންނެވެ.
މީގެ އިތުރުން ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލަ އާއި ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލަ ވެސް ހައިކޯޓުގައި ދަނީ ބަލަމުންނެވެ.
ކުރެންދޫ އަދި ތިމަރަފުށީ ދާއިރާގެ މައްސަލަ މާދަމާ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ