އުންސުރު ހަމަ ނުވާ ކަމަށް ބުނެ ދަޢުވާ ނުކުރެވެންވީ ސަބަބެއް ނެތް- ޢަލީ ޙުސައިން

ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި އުންސުރު ހަމަ ނުވާކަމަށް ބުނެ ދަޢުވާ ނުކުރެވެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެންޓިލޭޓަރުގެ ކޮރަޕްޝަނާއި ގުޅޭގޮތުން ޢަލީ ޙުސައިން ވިދާޅުވީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި އެކަށީގެންވާ ވަރަށް ހެކި ލިބުމުން، އުންސުރު ހަމަ ނުވަނީސްވެސް ދަޢުވާތައް އުފުލާފައިވާ ކަމަށެވެ. އެފަދަ ދަޢުވާތައް އުފުލާފައިވަނީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި މައްސަލަތަކާއި ގުޅިގެން ކަމަށްވެސް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.
"އޭސީސީއިން އެބަ ވިދާޅުވޭ އުންސުރު އެބަ ހަމަވެޔޭ. މީގައި ދަޢުވާ ކުރާނެ ޖާގަ އެބައޮތޭ." އޭނާ ވިދާޅުވިއެވެ.
ޢަލީ ޙުސައިން އިތުރަށް ވިދާޅުވީ އުންސުރު ހަަމަ ނުވާ ކަމަށް ބުނެ މި މައްސަލައިގައި ދަޢުވާ ނުކުރުމަކީ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭނެ ކަމެއް ކަމަށާއި، ޝައްކު ފިލާނީ ދަޢުވާ ކުރުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ