ކޮރަލްވިލް ހައުސިން މަޝްރޫއު: ކޮށްފައިވާ މަސައްކަތްތައް ބެލުމަށް ފަހު ފައިސާ ދިނުމަށް މެއިން ކޮންޓްރެކްޓަރު އެއްބަސްވެއްޖެ: ޖަވާޒް ކޮންސްޓަރަކްޝަންސް

13:59ކޮރަލްވިލް ހައުސިން މަޝްރޫއުގެ މަސައްކަތްތަކެއް ކޮށްގެން ޖަވާޒު ކޮންސްޓްރަކްޝަނަށް ނުލިބިވާ ކަމަށް ބުނާ ފައިސާ، އެ މަސައްކަތަށް ބެލުމަށްފަހު ދޭގޮތަށް މެއިން ކޮންޓްރެކްޓަރ މިހާރު އެއްބަސްވެފައިވާ ކަމަށް ޖަވާޒް ކޮންސްޓަރަކްޝަންސް އިން ބުނެފި އެވެ.ޕްރުކްސާ އެޗްޑީސީ ހައުސިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހިންގާ ކޮރަލް ވިލްގެ މަޝްރޫއުގެ އަމަލީ ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަސައްކަތުގެ މެއިން ކޮންޓްރެކްޓަރ ކޭސޯން ކޮންސްޓްރަކްޝަނާއި ޖަވާޒު ކޮންސްޓްރަކްޝަނާ ދެމެދު ފައިސާގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.ޖަވާޒް ކޮންސްޓްރަކްޝަނުން ބުނީ، އެ ކުންފުނިން ކޮށްފައިވާ މަސައްކަތުގެ އަގަށްވާ ފަސް ލައްކަ ހަތްހާސް ދުއިސައްތަ ތިން ޑޮލަރު ކޭސޯން ކޮންސްޓްރަކްޝަންގެ ފަރާތުން އަދިވެސް ނުލިބިވާ ކަމަށެވެ. ނަމަވެސް، ކޭސޯން އިން ބުނެފައި ވަނީ، އެކުންފުނިން ޖަވާޒް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރި ހުރިހާ މަސައްކަތަކަށް މިހާރު ވަނީ ފައިސާ ދައްކާފައި ކަމަށާއި އަދި ޖަވާޒުން ނުދޭ ކަމަށް ބުނާ އެ ފައިސާ އަކީ، އެ ކުންފުންޏާ ހަވާލުނުކުރާ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްގެން ހިނގާފައިވާ ޚަރަދުތަކެއް ކަމަށެވެ.އެހެން ނަމަވެސް، ޖަވާޒު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަލީ މިއަދު ވިދާޅުވީ، ޖަވާޒު ކޮންސްޓްރަޝަންސް އިން ސައިޓުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ކޭސޯނުގެ އެދުމުގެ މަތިން އެކުންފުންޏަށް ހުށަހެޅުމުން، ވަރަށް އެދެވޭ ޖަވާބެއް ދީފައިވާ ކަމަށެވެ. އެކުންފުނިން ފޮނުވި ރަސްމީ ލިޔުމުގައިވާ ގޮތުގައި، ސައިޓުގައި ކޮށްފައިވާ މަސައްކަތް ބެލުމަށްފަހު، ޖަވާޒް ކޮންސްޓްރަކްޝަނަށް ގަވާއިދުން ލިބެންޖެހޭނެ ފައިސާ ދިނުމަށް މެއިން ކޮންޓްރެކްޓަރގެ އެއްވެސް އިއުތިރާޒެއް ނެތެވެ. އަދި މިމަހުގެ 12 އިން 15 ގެ ނިޔަލަށް ކޭސޯންގެ ޓީމެއް އެ މަސައްކަތް ބަލައި، ފައިސާ ދޭން މިހާރު އެއްބަސްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ