ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމް ކޯޓުން ރޭ ގެ ވަގުތެއްގައި އަމުރު ނެރެފައިވާއިރު ބައިނަލް އަގްވާމީ ބައެއް ފަރާތްތަކުން މިކަމުގައި ދެކޭގޮތް އެ ފަރާތްތަކުން ވަނީ ހާމަ ކުރަން ފަށާފަ އެވެ.
ސުޕްރީމް ކޯޓްގެ އަމުރަށް ފަހު އެންމެ ފުރަތަމަ ބަޔާނެއް އާންމު ކުރީ އެމެރިކާގެ ހާރިޖިއްޔާއިންނެވެ. އެމެރިކާގެ ހާރިޖިއްޔާއިން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ސްޕޯކްސް ޕާސަން ޖެން ސާކީ ވިދާޅުވެފައިވަނީ މިމަހުގެ 28 ގައި ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމް ކޯޓުން ނިންމާފައިވާއިރު އެ ނިންމުމަށް އިހުތިރާމް ކުރުމަށް ގޮވާލާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ގުޅިގެން މަސައްކަތް ކޮށް ޑިމޮކްރެޓިކް އުސޫލު ދަމަހައްޓައި ރާއްޖޭގެ ރައްޔިތުން ރަމްޒު ކޮށްދޭ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެމެރިކާގެ ހާރިޖިއްޔާއިން އިލްތިމާސް ކުރާ ކަމަށެވެ.
އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުންވަނީ އެ ކޯޓް އަމުރު ކުށްވެރިކޮށް އަމުރު ބާތިލް ކޮށް މައްސަލައަށް ގޮތެއް ކަނޑައަޅަންދެން މަގުތައްމަތީގައި އިހްތިޖާޖު ކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރަން އެމެރިކާއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ