ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ރައްޔިތުން އިންތިހާބު ކުރާ ވެރިޔަކު ހުރެގެން :މޫސަ

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ރައްޔިތުން އިންތިހާބު ކުރާ ވެރިޔަކު ހުރެގެން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ ވެބްސައިޓަށް ޗެއާރޕާސަން މޫސާ މަނިކު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީނ ރާއްޖޭގައި އޮތް ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ރައްޔިތުން އިންތިހާބު ކުރަ ވެރިއަކު ރާއްޖޭގައި ހުރެގެން ކަމަށާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މިވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އަވަސް އިންތިހާބެއް ބޭއްވުން ކަމަށެވެ.
މޫސަ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށް، އިންސާނީ ހައްގުތަކާއި ފަރުދީ މިނިވަންކަމަށް ވަކާލާތުކުރަން ފެށީ އެމްޑީޕީން ކަމަށާއި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދީ، 18 އަހަރު ފުރިފައިވާ ޒުވާނުންނަށް ގެއްލިފައިވާ ވޯޓުލުމުގެ ހައްގު ހޯދައިދިނީ އެމްޑީޕީން ކަމަށާއި، އާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއް ވީ އެމްޑީޕީ ކަމަށެވެ.
އަދި އެމްޑީޕީއަކީ ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ރާއްޖޭގައި ޑިމޮކްރަސީ ގައިމު ކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކުރަމުންދާ ޕާޓީ ކަމަށް މޫސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ