މާލޭ ސިޓީކައުންސިލަށް ވިލިމާފަންނު ދާއިރާގެ މެމްބަރ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މާލޭ ސިޓީކައުންސިލަށް ކަމެއްނުކުރޭކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާނު ހަސަން މަނިކު އެކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކައިފި އެވެ.
ނިހާނު ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި މާލެ މަގުތަކުގައި އަތުރާފައިވާ ގާތައް ކަންފަތިވެ ހަލާކުވެގެންދިޔަ އިރު ރަނގަޅުނުކުރެވުނު ކަމަށާއި މާލެ މަގުތައް ވެސް ރަނގަޅަށް ނުބެހެލެއްޓޭކަމަށެވެ.
"ކާކުގެ ދުއްވާއެއްޗަކަށްތޯ ފަސޭހަކާއެކީގައި މާލެގ މަގުތަކުގައި ދުއްވުނީ. މާލޭގެ މަގުމަތީގައި އަތުރާފައި ހުރި ހުރިހާ ގަލެއް ކަހަލަ ގޮތަކަށް ކަންފަތިވެ،ހަލާކުވަމުން އެދަނީ. އެވަރުންނުވެގެން މަޖިދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ފެންފޯއްރުއް ގަސްތަކެއް ޖެހީ ތަނެއް ދޮރެއް ބަލާލާފައެއްނޫން،" ނިހާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންގެންދަވާ ނިހާނު ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ ވަޅުގަނޑުތަކެއް ކޮނެލުމަށް ފަހު ގަސްތައް ޖެހިއިރު ތަނެއް ދޮރެއް ބަލާލާއިނުވާކަމަށާއި ނަތީޖާއަކަށްވެގެންދިޔައީ އެކަމުގެ ސަބަބުން މީހުންގެމުދާތަކަށް ގެއްލުންވެގެންދާކަމަށެވެ.
ނިހާނު ވިދާޅުވީ މާލޭގައި ކުނީގެ މައްސަލަ ބޮޑުކަމަށާއި މަދިރި ގިނަވެއްޖެ ނަމަ ބޭސްޖެހުން ފަދަ ކަންކަން ކުރަންޖެހޭކަމަށާއި މި ފަދަ ތަފާތު ޝަކުވާތައް މާލޭގެ ރައްޔިތުން ކުރަމުންދާކަމަށެވެ.
ހޯމަ ދުވަހުގެޖަލްސާގައި ނިހާނު ވަނީ ސިޓީކައުންސިލުގެ މޭޔަރ މައިޒާން އަލި މަނިކަށް ވެސް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.ނިހާނު ވިދާޅުވީ މޭޔަރަކަށް ހުންނެވި ބޭފުޅަކަށް އުޑު ނުފެންނަތާ ވީހާ ދުވަހެއް ވެއްޖެކަމަށާއި އޭނާ އުޅުއްވަނީ ކައުބޯއީ ތޮތްޕެއް އަޅުއްވައިގެންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ