މޫސުން ގޯސް: މޫސުމާ ބެހޭ ޤައުމީ އިދާރާ

މޫސުން ގޯސްވެ 15 އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.މޫސުމާ ބެހޭ ޤައުމީ އިދާރާ(މެޓް)އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.މެޓް އޮފީހުން ބުނެފައި ވަނީ އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.މިއީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މާލެ ސިޓީއަށްވެސް މޫސުން ގޯސްވެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ