ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުވާންޖެހޭ: މެމްބަރު ތޯރިގު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ތޯރިގު ވިދާޅުވީ، އިދިކޮޅުގައި ކިތަންމެ މެމްބަރުން މަދަކުމުގައި ވީނަމަވެސް ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް މިވަގުތު ބަދަލުވާންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖޭއެސްސީގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ އިތުރަށް ފަންނީ ބޭފުޅުންނާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް މެމްބަރު ތޯރިގު ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލަވާލުމަށްފަހު އެ ކޮމިޝަނަށް ފާއިތުވެގެންދިޔަ 12 އަހަރުގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ޖޭއެސްސީއަށް މީހުން އައްޔަންކުރުމާއި އެ ކޮމިޝަނުގައި ހިމެނުމަށް ގާނޫނުއަސާސީން ބަޔާންކޮށްފައިވާ ގޮތުގެމަތިން މީހުން އައްޔަންކޮށް އަދި އެ ކޮމިޝަނުގައި މީހުން ހިމެނުމުގެ ސަބަބުން އެ ކޮމިޝަނުން ބަލާ މައްސަލަތަކުގަ އިތުރަށް ނިންމާ ނިންމުންތަކުގަ ވެރިކަން ހިންގާ ބާރައި، ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާ ގޮތްކިޔުން ކަމަށް ތޯރިގު ވިދާޅުވިއެވެ.
މިބިލުގައި ޖޭއެސްސީ މީގެ އެކުލަވާލާފައިވާ ގޮތާއި ޚިލާފަށް ގިނަ އިސްލާހުތަކެއްވެސް މެމްބަރު ވަނީ ހުށަހަޅުއްވާފައެވެ،
އެގޮތުން ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ދެ ފަނޑިޔާރަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރަކުވެސް ޖޭއެސްސީގައި އިންނަވަން ޖެހޭކަމަށް އިސްލާހުގައި ވެއެވެ.
އަދި ވަކީލުންގެ ތެރެއިން ހުއްދަލިބިފައިވާ ވަކީލަކާއި، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މުދައްރިސަކުވެސް ޖޭއެސްސީގައި އިންނަވަން ބިލުގައިވަނީ ހިމަނާފައެވެ.
ގާނޫނީ ފަންނުގެ ދާއިރާ ފިޔަވައި އެހެން ފަންނުގެ ތެރެއިން ރައީސް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭ ބޭފުޅަކު ކޮމިޝަންގައި ހިމެނުމަށްވެސް ތޯރިގު ވަނީ ހުށަހަޅުއއްވާފައެވެ.
މިބިލްގެ ފުރަތަމަ އިންތިދާއީ ބަހުސް ނިންމާލިއިރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރަކު ބަހުސްކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ