ފޭސް- ޔޭޔޭ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: އިއްޔެގެ މެޗުތައް ސްކޫލް، ކައުންސިލް އަދި އައިސް ޕްލާންޓް ކާމިޔާބު ކޮށްފި

ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ޔޭޔޭ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި އިއްޔެ ހަވީރާއި ރޭގަނޑު ކުޅެވުނު މެޗުތަށް ސްކޫލް، ކައުންސިލް އަދި އައިސް ޕްލާންޓްގެ ޓީމު ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ސްކޫލް ޓީމާއި ސިއްހީ މަރުކަޒުގެ ޓީމު ވާދަކޮށް 0-15 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ސްކޫލް ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކޫލް ޓީމުގެ ނާއިފް ޝަފީގް އެވެ.
ހަވީރު ކުޅެވުނު ދެވަނަ މެޗުގައި ޕޮލިސް ޓީމާއި ކައުންސިލް ޓީމު ބައްދަލުކޮށް 2-4 ގެ ނަޖީތާ އަކުން ކުރި ހޯދީ ކައުންސިލްގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކައުންސިލް ޓީމުގެ އިބްރާހިމް ނިޔާޒް އެވެ
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިއްހީ މަރުކަޒުގެ ޓީމާއި އައިސް ޕްލާންޓް ޓީމެވެ. މި މެޗު 0-8 އިން ކާމިޔާބު ކުރީ އައިސް ޕްލާންޓް ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިސް ޕްލާންޓް ޓީމުގެ އިހްސާން ސައީދުއެވެ.
ރޭގެ ދެވަނަ މެޗުގައި ފެނަކަ ޓީމާއި ސްކޫލް ޓީމު ވާދަކޮށް 0-2 އިން ކުރި ހޯދީ ސްކޫލް ޓީމެވެ.
މުބާރާތުގައި މިއަދާއި މިރޭ ލީގުގެ ފަހު މެޗުތަށް ކުޅެވިދެންދާނެއެވެ. މި މެޗުތަކުގެ އަޕްޑޭޓް މާދަމާ ގެނެސްދެވޭނެއެވެ.
މި މުބާރާތަކީ ފިޔޯރީ ފޭސް ޖަމިއްޔާގެ ފަރާތުން އެ ރަށުގެ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން ގާއިމްކުރުމަށްޓަކައި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ބާއްވާ މުބާރާތެކެވެ. މި ހަރަކާތްތަކުގެ މެއިން ސްޕޮންސާ އަކީ "ޔޭޔޭ" ކޮފީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ