ކަރަންޓް ކަނޑާލަފާނެތީ ތިނަދޫ އަލިކުރަން ރައްޔިތުން ތައްޔާރުވެފައި

ރިޔާސީ އިންތިހާބުގެ ވޯޓު ގުނަމުންދާ ވަގުތު، ގދ. ތިނަދޫ އިން ކަރަންޓް ކަނޑާލަފާނެތީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ޖަނަރޭޓަރުތަކާއި އެމެޖެންސީ ލައިޓްތައް ތައްޔާރީ ހާލަތަކަށް ގެނެސްފިއެވެ.
ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ތިނަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަފާނެތީ، ވޯޓުލާ މަރުކަޒުތައް އަލިކުރުމަށްޓަކައި ބައެއް އާލާތްތައް މަރުކަޒުތަކުގެ ކައިރިއަށް ގެންދަނީ ޖަމާ ކުރަމުންނެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ތިނަދޫ ކެމްޕަސް ކައިރިއަށް ޖަނަރޭޓަރެއް ވަނީ ގެންގޮސްފައެވެ. އަދި ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ވަގުތުން އެ ސަރަހައްދު އަލިކުރެވޭ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ވޯޓު ގުނުން ކުރިއަށް ގެންދިއުމަށްޓަކައި ބައެއް ސަރަހައްދުތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމެޖެންސީ ލައިޓުތައް ފޮނުވާފައެވެ. އެގޮތުން އޮފިޝަލުންނަށް ފޮނުވި އިދާރީ ތަކެއްޗާ އެކު، ގިނަ އަދަދެއްގެ އެމެޖެންސީ ލައިޓުތައް އެކި ސަރަހައްދުތަކަށް ވަނީ ފޮނުވާފައެވެ. ނަމަވެސް ވޯޓުލާ ހުރިހާ މަރުކަޒުތަކަކަށް އެމެޖެންސީ ލައިޓް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައެއް ނުވެއެވެ.
ތިނަދޫގައި ތިބި "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް މައުލުމާތު ދެމުން އެ ރަށު މީހަކު ބުނީ އިލެކްޝަނުން ބޭނުން ވެއްޖެ ކޮންމެ ހާލަތެއްގައި އެ ރަށުގެ ވޯޓުލާ މަރުކަޒުތަކަށް އެހީތެރިވެދިނުމަށް ޓީމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ޕާޓީތަކުގެ ހަރަދުގައި އެފަދަ މަރުކަޒުތައް "އަލިކޮށް" ބެލެހެއްޓުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ޖަނަރޭޓަރާއި އެމެޖެންސީ ލައިޓުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ